logo

ހެދިފައި ހުރި އުސޫލާ ޚިލާފަށް އެއްވެސް ފުލުހަކު މަސައްކަތެއް ނުކުރާނެ: ސީޕީ ޝުޖާއު

profile

އައިމިނަތު ރޫޔާ - 19 ނޮވެމްބަރު 2024 - 15:07

ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ހެދިފައި ހުރި އުސޫލުތަކާއި ޚިލާފަށް ކަންކުރާ ފުލުހުން ލައްވައި މަސައްކަތްކުރުވުމަށް ފުލުހުންގެ ޚިދުމަތުން އެއްވެސް ވަރަކަށް ޖާގަ ނުދޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުން ހާސިލްކުރި މުހިންމު ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރައްވާ ކޮމިޝަނަރ ޝުޖާއު ވިދާޅުވީ، ވޭތިވެދިޔަ އެއް އަހަރު ދުވަހަށް ބަލާއިރު ފުލުހުންނާ ގުޅޭގޮތުން ހުށަހެޅިފައި ހުރި މައްސަލަތުގައި މައްސަލަތައް ބަލަން ކަނޑައެޅިފައި އޮތް ކޮމާންޑްތަކުން މައްސަލަތައް ބަލައިފައިވާނެ ކަމަށެވެ.

"ފުލުހުންގެ ހިދުމަތުން އެއްވެސް ވަރަކަށް ޖާގަ ދޭ އުސޫލެއް ނޫނޭ، ހެދިފައިހުރި އުސޫލާ ހިލާފަށް ކަންކުރާ ފުލުހުން ލައްވައި މަސައްކަތްކުރުމަކީ. އެފަދަ ފުލުހުންނެއް ފުލުހުންގެ ހިދުމަތުގައެއް މަސައްކަތެއް ނުކުރާނެ. " ސީޕީ ޝުޖާއު

ޝުޖާއު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ހިދުމަތު 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ބައެއްކަން ފުލުހުންގެ މަސައްކަތުން ދައްކައި ދިނުަމަށާއި އަދި ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ވަގުތެއްގަިއވެސް ފުލުހުންނަކީ އެންމެ އަވަހަށް ރައްޔިތުންނާ ގާތުން ހިދުމަތްދޭ ބައެއްގެ ގޮތުގައި އެ ފަލްސަފާގައި، މަސައްކަތްކުރާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ރަނގަޅު އައިއޯއިން އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. އެގޮތުން. އެކަން ހާސިލްވީމަ ފުލުހުންނަށް މައްސަލައެއް ހުށަހެޅުނީމަ އެ މައްސަލައިގެ ވާނުވާއެއް ބަލާކަށް ރައްޔިތުން ފުލުހުންގެ އެއްވެސް ފަރާތަކަށް ގުޅަން ނުޖެހޭނެ ކަމަށާއި، އެހާ ޔަގީން ކަމާއެކު އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

"މަދުވެގެން 14 ދުވަހުގެ ތެރޭގައި އެއްފަހަރު ހަމަ އެ މައްސަލަ ބައްލަވާ އައިއޯއަކު، އެ މައްސަލަ ހުށަހެޅުއްވި ފަރާތަށް ގުޅާލާފައި، އެ މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބެއް ފުލުހުން ކިޔައިދޭން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ބައެއް އަތޮޅުތަކުގައި ކުރިއަށް އެބަ ގެންދޭ." ސީޕީ ޝުޖާއު

ފުލުހުން ކުރާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކުން ކުރާ ކުށްތަކާއި އަދި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ކުރާ މަސައްކަތްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ފުލުހުން ކުރި މަސައްކަތުން، ކުރީ އަހަރުތަކާ އަޅާ ބަލާއިރު މިދިޔަ އަހަރަކީ ރަނގަޅު ނަތީޖާއެއް ލިބިފައި އޮތް އަހަރެއް ކަމަށެވެ. އެގޮތުން 183 ކިލޯގެ ޑްރަގްގެ އިތުރުން 8،000 އަށްވުރެ ގިނަ ރާ އަތުލާފައިވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ގްރޭޓާ މާލެ އެރިއާގައި ފުލުހުން މަގުމަތީގައި ބައިތިއްބައިގެން ކުރާ މަސައްކަތް ވަރަށް ގިނަ ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެ މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގަމުންދިޔަ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319