
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ފުލުހުންގެ ހަމައެކަނި މަގްސަދަކީ ރައްޔިތުންނަށް ހިދުމަތް ކުރުން: ސީޕީ ޝުޖާއު

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2025 - 11:00
ދިވެހި ފުލުހުންގެ ހަމައެކަނި މަގުސަދަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ސީޕީ ޝުޖާއު ވިދާޅުވީ ދިވެހި ފުލުހުންނަކީ އަނިޔާވެރިވާނެ ބައެއް ނޫން ކަމަށެވެ.
ވަކިވަކި ފުލުހުންގެ ފަރާތުން ވަރަށް މަދު ހާލަތެއްގައި ފެންނަ ކަންކަމަކީ މުޅި ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އިތުރު އެއްވެސް މަގްސަދެއް ފުލުހުންގެ މުއައްސަސާގައި ނޯންނާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ރައްޔިތުންގެ އަމާން ކަަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރު ފުލުހުން ދާނީ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީ އެއް ދިވެހި ފުލުހުން ވާނެކަން ދިވެހިރައްޔިތުންނާއި ދިވެހި ގައުމު ހެކިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ހަލީމް، ޝަހީދު ޕޮލިސް ކޯޕްރަލް އިސްމާއިލް އަބްދުﷲ ޝަހީދުކޮށްލެވުނީ ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި އުޅުއްވަނިކޮށް ކަމަށް ސީޕީ ވިދާޅުވިއެވެ.
އާއިލާ އާއި އަނބިދަރިން ދޫކޮށް އުމުރުން 28 އަހަރުވެސް ނުވާ އެ ދެ އޮފިސަރުން ދުނިޔެ ދޫކޮށް ދިޔައީ ފުލުހުންގެ މުއައްސަސާއަށާއި ފުލުހުންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ދީފައިކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގައި ޝަހީދުވެދިޔަ ދެ އޮފިސަރުން ވަނީ ދިވެހި ގައުމުގެ އަމާންކަމާއި ހަމަޖެހުމަށްވުރެ އިސްކަމެއް ފުލުހަކަށް ނޯންނާނެ ކަން އަންގައިދީފައިކަމަށް ސީޕީ ވިދާޅުވިއެވެ.
ޝަހީދު ވި ދެ އޮފިސަރުން ދުނިޔެ ދޫކޮށްދިޔައީ ފުލުހުން ކޮށްފައިވާ ހުވަޔަށް ހުރުމަތްތެރިކޮށް ހިތުމަށް އިރުޝާދު ދެމުން ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކުށްކުރާ މީހުންގެ ކުރިމަތީގައި ފުލުހުންގެ ފަހުރުވެރި ޔުނިފޯމްލާ އެއްވެސް ފުލުހަކު ބޯނުލަނބާނެކަން އަމަލާއި ބަހުން ދައްކައިދީފައި ކަމަށް ވިދާޅުވިއެވެ.
ސީޕީ ވަނީ ޝަހީދުވި އޮފިސަރުންގެ ފުރާނަތަކަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން