logo

ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯގެ ފުރަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފި

profile

ޒިދާން މުޙައްމަދު - 12 މޭ 2025 - 19:06

ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯއިން އުފައްދާ ފުރަތަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

https://wamco.com.mv/

އާދީއްތަ ދުވަހު ނެރުނު ވީޑީއޯގައި މިފިލްމުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

10 ސިކުންތުގެ މި ވީޑިއޯ ފަށަނީ އުސް ފައިވާނެއް ލައިގެން ހުރި އަންހެނެއްގެ ފައި ބިންމައްޗަށް އަޅާ މަންޒަރުންނެވެ. އެއާއެކު ބިންމަތީގައިވާ މަރުވެފައިވާ ފަތްތައް ބުރައިގެން ދެއެވެ.

މި ވަގުތުކޮޅުގެ ފަހަތުން ދެން ފެންނަނީ ބޮތްކެކެވެ. އޭގެ މައްޗަށް ލޭގެ ދެތިކި ވެއްޓެއެވެ. މިމަންޒަރުތަކުުގެ ތެރެއިން އިވެނީ "ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." މިހެންނެވެ. އެއާއެކު ޖުމްލަ ފުރިހަމަ ނުވަނީސް އަޑު ކެނޑެއެވެ.

މި ޓީޒާ ކުރު ނަމަވެސް، އޭގެ ފަންނުވެރިކަމުގެ ކުލަވަރާއި ސިއްރު ރަމްޒީ ކަންތައްތަކުގެ ސަބަބުން މަޝްވަރާތައް ފެށޭނެއެވެ. މި ވީޑިއޯގައި އިވޭ އަޑަކީ ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝާ އަލީގެ އަޑު ކަމަށް ބެލެވެއެވެ.

އެހެންކަމުން ފިލްމުގެ ލީޑް ރޯލުން އޭނާ ފެނިދާނެ ކަމަށް އިޝާރާތެއް އެބަވެއެވެ. ނަމަވެސް ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އަދި އޭނާގެ ބައިވެރިވުން ކަށަވަރުކޮށްދީފައި ނުވާއިރު، އެހެން ކާސްޓުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޓީޒާ ނިންމާލަނީ މި އަހަރުގެ ކޮންމެވެސް ދުވަހަކުން ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނެ ކަމުގެ މެސެޖަކުންނެވެ.

ސީދާ ރިލީޒްކުރާނެ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް، ޓީޒާއިން ވަނީ އާންމުންގެ ޝައުގުވެރިކަން ދަމައިގެންފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay