
nxgWC4tQXHTb3fbCKEMR92UuLeTUe9dSf7hP9l1O.jpg
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޮކްޓޯބަރު 2024 - 08:16
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ބަޖެޓު ދިރާސާކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލެވުނު ބަޖެޓު ކޮމިޓީއަކުން ނެވެ. ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލަކާ ނުލާ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް ކޮމިޓީން ނިންމީ އިއްޔެ އެވެ.
ކޮމިޓީން ނިންމި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރީ 75 މެމްބަރުންގެ ވޯޓާ އެކު އެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
އެގޮތަށް މަޖިލީހުން ފާސްކުރުން މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީގެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދަންޖެހުމަކީވެސް ސަޕްލިމެންޓް ހުށަހަޅަންޖެހުނު އެއް ސަބަބު ކަމަށެވެ
ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ 4 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓުގެ ޑެފިސިޓް، މި ސަޕްލިމެންޓަރީ ބަޖެޓާއެކު 18 ބިލިއަނަށް އިތުރުވެގެންދާނެ އެވެ. އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން، އެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ދެން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ސަބްސިޑީއަށެވެ. ސަބްސިޑީއަށް ވެސް 1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން