logo

ފިޔޯރީ ސުކޫލުގައި ރޯވެއްޖެ!

profile

އަހުމަދު ޒަލީފު - 08 ޖެނުއަރީ 2023 - 13:14

ފިޔޯރީ ސުކޫލު އަނދަމުން ދަނީ…

ފިޔޯރީ ސުކޫލު އަނދަމުން ދަނީ…

https://wamco.com.mv/

ގދ. ފިޔޯރީ ސްކޫލްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަ ދެއެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އަލިފާން ގަނޑު ފުރަތަމަ ރޯވީ ހޯލްގައެވެ. އޭގެ ފަހުން، ސްކޫލްގެ އެހެން ތަންތަނަށް ވެސް އަލިފާން ގަނޑު ފެތުރިފައިވާ ކަމަށް އެމީހާ ބުންޏެވެ.

ސޯޝަލް މީޑިޔާގައި ޢާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ، މުޅި ހޯލުގައި ވަނީ އަލިފާން ހިފާފައެވެ.

undefined

ސުކޫލުގައި ރޯވެފައި

އެމްއެންޑީއެފްގެ ބަސް:

  1. ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް.

އެންއެންޑީއެފުން މިހާރު ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ 18:54 ގައި ގދ.ފިޔޯރީއަށް ގޮސްފައި. އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލުގައި ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި. އެ ހޯލުގައި ޕާޓިޝަން ޖަހައިގެން، ކިޔަވައިދިނުމަށް 5 ވަރަކަށް ކުލާސް ހަދާފައިވޭ. މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި. ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ގދ.ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި. އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް ދުން ދަނީ އަރަމުން. އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ. އެ ސްކޫލުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށް. - އެމްއެންޑީއެފް

ފުލުހުން ބުނީ:

  1. ހާދިޘާ ހިނގީ މިއަދު ހަވީރު 17:20 ގައި
  2. މި ހާދިޘާ އާއި މީހަކާ އެއްވެސް ގުޅުމެއް ވާކަމެއް އެނގިފައެއް ނެތް
  3. ފުލުހުންނާއި ޢާއްމުންނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އެޑިއުކޭޝަން މިނިސްޓްރީން ބުނީ؛

  1. އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސް ރޫމެއް ހުރޭ ކަމަށް

  1. އެ ތަނުން ތިން ކްލާސް ރޫމްގައި ކުދިން ކިޔަވާ

  1. ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ

  1. މި ހާދިސާ ހިނގި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނޭ

ފިޔޯރީ ސުކޫލުގައި 180 ދަރިވަރުން ކިޔަވަމުން ދެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay
ހާމިދު

ވަރަށް ރަގަޅު އަޕްޑޭޓްތައް