logo

8 ގައުމަކަށް ސަފީރުން އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 13:36

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި 8 ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް މިއަދު އަރުވައިފިއެވެ.

https://wamco.com.mv/

މި ރަސްމިއްޔާތުތައް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވިއިރު، ފަތްކޮޅު އެރުވުމަށް ވަޑައިގެންނެވި ކޮންމެ ސަފީރަކަށްވެސް އެ އޮފީހުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވި ބޭފުޅުން:

1- ނަމްބިއާގެ ނޮން ރެސިޑެންޓް ސަފީރު އެލެކްސް އެލް. ތުކުހުޕްވެލޭއާ.

2- ޑޮމިނިކަން ރިޕަބްލިކްގެ ނޮން ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހެނާންޑޭޒް.

3- ކިއުބާގެ ނޮން ރެސިޑެންޓް ސަފީރު ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާ.

4- ފިޖީގެ ނޮން ރެސިޑެންޓް ސަފީރު ޖަގަންނާތު ސާމީ.

5- ކޮސޯވޯގެ ނޮން ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާ.

6- ސޯމާލިއާގެ ނޮން ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ.

7- ސްލޮވީނިއާ ނޮން ރެސިޑެންޓް ސަފީރު ތޯމަޒް މެންސިން.

8- ގަތަރު ނޮން ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ.

މިއަދުގެ ރަސްމިއްޔާތުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އައްޔަންކުރެވުނު ހުރިހާ ސަފީރުންނަށް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk