logo

ފިނޭންސް މިނިސްޓަރ ކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 07:47

ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ.

https://wamco.com.mv/

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން ޒަމީރުވަކިވެވަޑައިގެންނެވި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މޫސާ ޒަމީރު އެންމެ ފުރަތަމަ އަދާކުރެއްވީ ޚާރިޖީ ވަޒީރުގެ މަގާމެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

އޭގެ ފަހުން، ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެންނެވި އިސްލާހީ ބަދަލުތަކާއެކު، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ޒިންމާ ވެސް އޭނާއާ ހަވާލުކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި މޫސާ ޒަމީރު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk