logo

ހިޔާ ފުލެޓްގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

ރިޟްވާން މޫސާ - 19 ޖުލައި 2026 - 10:09

ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވައިލައިފި އެވެ.

https://wamco.com.mv/

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 8ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 19ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 13:27 ހާއިރުއެވެ. އަދި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބަދިގެއަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk