logo

މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 07:53

މާލޭގައި ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

https://wamco.com.mv/

ޢާއްމު ޞިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ތަރައްޤީކުރާ ދެވަނަ ސެންޓަރު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ، މިހާރުގެ ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތުގައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ދަމަނަވެށިން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް މިނިސްޓްރީ އޮފް ހެލްތުން ވަނީ ތިން ސަރަހައްދެއްގައި ހަމަޖައްސަވާފައެވެ. އެގޮތުން ޚިދުމަތްތައް ބަދަލުކުރެވިފައިވާ ތަންތަނަކީ:

މާލެ: މާފަންނުގައި ހުންނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު.

ހުޅުމާލެ ފޭސް 1: ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓް.

ހުޅުމާލެ ފޭސް 2: 16 ވަނަ ޓަވަރުގައި ހުންނަ ޖީ.ޕީ ކްލިނިކް.

ދަމަނަވެށިން މިހާރުވެސް ގިނަގުނަ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖެހުމާއި، ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ކައުންސެލިންގ އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ސެޝަންތައް ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk