
އަމީން ފައިސަލްގެ ބަދަލުގައި އާއްމު ކޮމިޓީއަށް ޝާކިރު

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 07:53
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލްގެ ބަދަލުގައި މަޖިލީހުގެ އާއްމު ކޮމިޓީއަށް މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު އައްޔަނުކޮށްފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި އާއްމު ކޮމިޓީއަށް ގެނެވުނު ބަދަލު ވަނީ އިއުލާން ކުރައްވާފައެވެ.
މަޖިލީހުގެ އާއްމު ކޮމިޓީއަށް މި ބަދަލު ގެންނަވާފައިވަނީ މި ހިނގާ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރަކީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
އާއްމު ކޮމިޓީގެ ނައިބު މުގައްރިރަކީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
އާއްމު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފް އާއި އަލިފުށި ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަހްމާން އާއި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރާއި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އާއި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް އާއި އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއުގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު ހިމެނެއެވެ.
އާއްމު ކޮމިޓީގައި ޖުމްލަ 11 މަޖިލިސް މެމްބަރުން ތިއްބަވައެވެ.





.gif&w=3840&q=75)