
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!

އާމިނަތު ޝަޒްލާ - 31 މޭ 2026 - 07:52
ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނީ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. މެޓުން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 12:30 ހަމައަށެވެ.
ސަމާލުގައި ވިދާޅުވެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެ ގުގުރުމާައި އެކު ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެން ވާ ކަމަށާއި، ކަނޑު އާދައިގެވަކަށް ގަދަވާނެ ކަމަށާއި، 3 - 5 ފޫޓުއަށް ކަނޑު ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ކަނޑު އަޑީގައި މަރުވި އިޓަލީގެ ދެމައިންގެ ޖަނާޒާ ބާއްވައިފި
2 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރަނީ
5 ގަޑިއިރު ކުރިން

އަމީން ފައިސަލްގެ ބަދަލުގައި އާއްމު ކޮމިޓީއަށް ޝާކިރު
5 ގަޑިއިރު ކުރިން

މަޖިލީހުގެ ނައިބު ރައީސަކު ހޮވަން ބާއްވާ ޖަލްސާ މާދަމާއަށް ތާވަލްކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)