ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭން ފަށައިފި

ރިޟްވާން މޫސާ - 05 މޭ 2026 - 14:42
ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރާ ބައެއް އުޅަނދު ފަހަރަށް އީރާނުން ހަމަލާ ދޭން ފަށައިފި އެވެ.
ހުރުމުޒް ކަނޑު އޮޅިން ދަތުރުކުރާ އެކިއެކި އުޅަނދުޔ ފަހަރަށް އީރާނުން ހަމަލާ ދޭން ފަށާފައި މިވަނީ އެމެރިކާ އިސްވެ އޮވެ ހުރުމުޒް ކަނޑު އޮޅީގެ ބާރު ހޯދަން އެސަރަހައްދުގައި އީރާނުގެ ބޯޓު ފަހަރަށް ހަމަލާ ދޭން މަސައްކަތް ފެށިފަހުންނެވެ.
އީރާނާއި އެމެރިކާގެ ދެ ގައުމުގެ ކުރިމަތިލުންތަކެއް އަނެއްކާވެސް ފަށާފައިވާއި މި ދެގައުމުގެ ސުލަހްއިގެ އެއްބަސްވުން އުވިދާނެ ކަމާމެދު ވަރަށް ގާތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އީރާނުން ވަނީ އެ ޤައުމުގެ ބަނދަރު ޖާސްކު ކައިރިން އެމެރިކާގެ މަނަވަރަކަށް ދެ މިސައިލް ޙަމަލާ ދީފައިވާ ކަމަށެވެ. އެ ރަށަކީ އީރާނުގެ ދެކުނުގައި ގަލްފް އޮފް އޮމާންގައި އޮންނަ ރަށެކެވެ. އީރާނުން ބުނީ އެ މަނަވަރަސް ޙަމަލާ ދިނީ އީރާނުގެ ކަނޑުގެ ސިފައިން ދިން ޙަމަލާއަކަށް ބެލުމެއް ނެތި ހުރްމުޒް ކަނޑުއޮޅިން އެ އުޅަނދު ދަތުރުކުރުމުން ކަމަށެވެ.
އޭގެ އިތުރުން ދެކުނު ކޮރެޔާގެ އުޅަނދެއް ހިމެނޭ ގޮތަށް އިތުރު އުޅަނދުތަކަކަށް އީރާނުން ޙަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެ މަގުން ދަތުރުކުރާ އުޅަނދުގެ ޢަދަދު އިތުރުވެފައި ނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖަރުމަނުވިލާތުގެ މަޝްހޫރު ޝިޕިންގ ކުންފުންޏެއް ކަމަށްވާ ހަޕަގް-ލޮއިޑުން ބުނީ ހުރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރުމުގައި އުޅަނދުތަކުން ޢަމަލުކުރަންވީ ވަކި ގޮތެއް ސާފު ނުވާތީ އެ ކުންފުނީގެ ބޯޓުފަހަރަށް އެ މަގު ބޭނުންކުރެވެން ނެތް ކަމަށެވެ.
އެ ދާއިރާއާ ގުޅުންހުރި ޖަމްޢިއްޔާތަކުން ވެސް ވަނީ އެ މޭރުމުން ވާހަކަދައްކައިފައެވެ. ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު އެމެރިކާއިން ތަނަވަސްކޮށްދެނީ ކިހިނެތް ކަމާއި ޢަމަލުކުރަންވީ ގޮތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުލިބޭ ކަމަށް ބުނެ ޖަމްޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ހުރުމުޒް ކަނޑުއޮޅި މައްސަލައިގައި އެމެރިކާ އަދި އީރާނުން ކުރިމަތިލުންތަކެއް!
17 ގަޑިއިރު ކުރިން

ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
21 ގަޑިއިރު ކުރިން

އިހުތިޖާޖުތަކުގައި ދައްކަނީ ދައްކަން ޖެހޭ ވާހަކަ: މައުރޫފް
ދުވަހެއް ކުރިން

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
ދުވަހެއް ކުރިން


.gif&w=3840&q=75)