logo

ހުރުމުޒް ކަނޑުއޮޅި މައްސަލައިގައި އެމެރިކާ އަދި އީރާނުން ކުރިމަތިލުންތަކެއް!

profile

ރިޟްވާން މޫސާ - 05 މޭ 2026 - 14:42

ހުރުމުޒް ކަނޑުއޮޅި މައްސަލައިގައި އެމެރިކާ އާއި އީރާނުން އަނެއްކާވެސް ކުރިމަތިލުންތަކެއް ހިނގަން ފަށައިފި އެވެ.

https://wamco.com.mv/

މިފަހަރުވެސް އީރާނަށް ހަމަލާ ދޭން ފަށާފައި މިވަނީ އެމެރިކާ އިސްވެ އޮވެ އެވެ.

ހުރުމުޒް ކަނޑު އޮޅި އީރާނުން ބަންދުކޮށްލާފައި އޮތުމުގެ ސަބަބުން އެމެރިކާ އަށާއި މުޅި ދުނިޔެ އަށް ވެސް ތެލުގެ އަގު ވަނީ ދެގުނައަށް އުފުލިފަ އެވެ.

ހަމަލާ ތަކާއެކު މެދު އިރުމަތީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ދެގައުމުގެ ދެމެދުގައި ގާއިމޮށްފައިވާ ސުލްހައި އެއްބަސް ވުމަށް އަމަލުކުރުން ހުއްޓިދާނެ ކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޞަހްޔޫނީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ގަލްފުގެ ސަރަޙައްދުގައި ތާށިވި މުދަލާއި، ތެލާއި ގޭސް އުފުލާ އުޅަނދުފަހަރު ސަލާމަތް ކުރެއްވުމުގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި "ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަނާއެކު، އީރާނުން ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ފުޖަޔިރާ ބަނދަރަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ބަނދަރު ކައިރީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮވެއެވެ.

އީރާނާ ދެކޮޅަށް ޓްރަމްޕް މިހާރު ހަނގުރާމަ ކުރައްވަމުން ގެންދަވަނީ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ހުއްދައާ ނުލައި ކަމުގައި ޤާނޫނީ ދާއިރާގެ މާހިރުން ޤަބޫލުކުރެއެވެ.

ގަލްފުގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތް ކުރެއްވުމުގެ ނަމުގައި ޓްރަމްޕް ފެށްޓެވި އޮޕަރޭޝަންގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑު ދަތުރުފަތުރު އިތުރު ނުރައްކަލެއްގެ ތެރެއިން ވެއްޓިގެން ގޮސްފައިވާއިރު، އީރާނުން ވަނީ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، އެ ސަރަޙައްދުން ދަތުރުކުރެވޭނީ އެ ފަރާތުގެ ހުއްދަ ލިބިފައިވާ އުޅަނދުފަހަރަށް އެކަނި ކަމުގައެވެ. މީގެ އިތުރުން، ތެހްރާނުން ވަނީ ޔޫއޭއީގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއް އައިއާރްޖީސީގެ ކޮންޓުރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި ބުނެ، އެ ސަރަޙައްދުތަކުގެ ޗާޓެއް ޢާންމުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk