
ހދ ނޮޅިވަރަމް
ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

ރިޟްވާން މޫސާ - 05 މޭ 2026 - 10:56
ހދ. ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ ނޮޅިވަރަމްގެ އުމްރާނީ ތަރައްގީއަށްޓަކައި ޕީއެސްއަޕީގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހދ އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމް އަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ތަރައްގީ އަށްޓަކައި ވަރަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ނޮޅިވަރަމުން އެންމެ ބޮޑަށް ފާހަގަކުރެއްވެވީ ވެސް އެރަށުގެ މަގުތަކެވެ. ނޮޅިވަރަމްގެ މަގުތައް ހުންނަނީ އަޑިގުޑަން ވުމާއި، ވިއްސާރަ ވުމުގެ ސަބަބުން ޗަކަ އުފެދި ހިނގައިބިނގައި އަދި ދުއްވާ އެއްޗިއްސަށްވެސް ދަތުރު ނުކުރެވޭ ފަދަ ގޮތަކަށް ހަލާކުވެފަ އެވެ.

ނޮޅީވަރަމަށް ރައީސް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ތެރޭގައި އެރަށުގެ ދަނޑުވެރިކަން ފުޅާކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުން، ރަށުގެ އާބާދީއާ އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުން، ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، ސްކޫލްގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްދިނުން ހިމެނެ އެވެ.
މި މަސައްކަތްތަކުގެ ބައެއް ޕްރޮޖެކްޓްތައް މިހާރު ފަށާފައިވާއިރު ބައެއް ޕްރޮޖެކްޓްތައް މިހާރު ނިމިފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިހުތިޖާޖުތަކުގައި ދައްކަނީ ދައްކަން ޖެހޭ ވާހަކަ: މައުރޫފް
4 ގަޑިއިރު ކުރިން

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
4 ގަޑިއިރު ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
4 ގަޑިއިރު ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)