
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 12:08
މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މޫންލައިޓްވިޔު، އުމުރުން 58 އަހަރުގެ މުޙައްމަދު ޢުމައިރު އާއި، ލ. ދަނބިދޫ، ގުލްއަލާގެ، 38 އަހަރުގެ މާޝާ އިބްރާހީމްއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
4 ގަޑިއިރު ކުރިން

އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުކޮށްފި
4 ގަޑިއިރު ކުރިން

ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު %25 އިތުރުކުރަނީ
4 ގަޑިއިރު ކުރިން

ލ. އަތޮޅުގެ 2 ވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)