logo

ޓޫރިޒަމް ޓެކްސް އާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 11:43

ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ދައުލަތުގެ ރަސްމީ ރިޒާވަށް ލިބުނު ބޭރު ފައިސާގެ މިންވަރު، ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަމަހާ އަޅާބަލާއިރު %6 އިތުރުވެފައިވާކަން އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

ރަސްމީ ރިޒާވަށް ޖަމާވާ ބޭރު ފައިސާގެ މައިގަނޑު ހިއްސާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް ދަށްވެ، ލިބުނު އާމްދަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ ދަށްވި ނަމަވެސް، މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު މި ދާއިރާއިން ލިބުނު ބޭރު ފައިސާ ވަނީ %6 ގެ ކުރިއެރުމެއް ހޯދާފައެވެ.

މީގެއިތުރުން، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަން ލާޒިމުކުރާ ބައިގެ ގޮތުގައި، މި މުއްދަތުގައި ގާތްގަނޑަކަށް 318.8 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ރަސްމީ ރިޒާވަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 984.6 މިލިއަން ޑޮލަރެވެ.

މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 673.9 މިލިއަން ޑޮލަރާ އަޅާބަލާއިރު %46 ގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

https://wamco.com.mv/
tel:+9607331319