logo

ރަޢީސުލްޖުމްހޫރިއްޔާ މުހިއްމު 7 ބިލެއް ތަސްދީގުކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 31 އޯގަސްޓު 2026 - 08:39

ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މުހިއްމު 7 ބިލެއް މިއަދު ތަސްދީގުކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަސްދީގުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ތަސްދީގުކުރެއްވި ބިލުތަކުގެ ތެރޭގައި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެނުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް 2 ވަނަ އިސްލާހް ގެމައުމުގެ ބިލުގެ އިތުރުން ފަޅު ރަށްތަކާއި ފަޅު ކުއްޔަށް ދިނުމުގެ ބިލު ހިމެނެއެވެ.

މީގެ އިތުރުން ބޭރު ފައިސާއާއި ބެހޭ ގާނުނަށް 1 ވަނަ އިސްލާހު ހުށަހެޅުމުގެ ބިލާއި ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލާއި އެއްގަމު ދަތުރުފަތުރުގެ ބިލު ވެސް ރައީސް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްދީގު ކުރައްވާފައެވެ.

މި ހުރިހާ ބިލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގައި އެ ބިލުތަކާއި މެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި ކަމާއި ގުޅުން ހުރި މާހިރުންގެ ތަޖުރިބާ އާއި ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތިން ފާސްކުރެވި ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިފައިވާ ބިލްތަކެކެވެ.

ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެން އެކަމާއި މެދު މަޝްވަރާ ކުރެވިގެން ގެންނަ އިސްލާހުތަކެއް ކަމަށްވެސް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319