
އިނގިރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާއި ގާތްވެއްޖެ

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 10:40
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައާ ގާތްވެފައިވާކަން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން މިހާތަނަށް 99،286 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މިއާއެކު، އެ ގައުމު ހިމެނިފައިވަނީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ގައުމަކީ:
ޗައިނާ: 224،107 ފަތުރުވެރިން
ރަޝިއާ: 183،969 ފަތުރުވެރިން
އިނގިރޭސިވިލާތް: 99،296 ފަތުރުވެރިން
އިޓަލީ: 81،144 ފަތުރުވެރިން
ޖަރުމަނުވިލާތް: 78،046 ފަތުރުވެރިން
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.28 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު %4.5 ގެ ދަށްވުމެކެވެ.
މި ބަދަލު އައިސްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، ސަރުކާރުން އުންމީދު ކުރަނީ މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އޮގަސްޓް މަހުގެ ފުރަތަމަ ފަސް ދުވަހު 26،743 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 27,162 ފަތުރުވެރިންނެވެ.
މިހާރުގެ ހިސާބުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,932 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
16 ގަޑިއިރު ކުރިން

"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!
16 ގަޑިއިރު ކުރިން


