
އީގަލްސް ހިލްސް ކުންފުނީގެ ”ލޯ“ ދިވެހިރާއްޖެ އަށް! ކީއްވެ؟

ރިޟްވާން މޫސާ - 10 އޮކްޓޯބަރު 2026 - 06:03
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި "އީގަލްސް ހިލްސް" އިން ދިވެހިރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، ދިވެހި ބިމަށް އެ ކުންފުނީގެ "ލޯ" އަމާޒުވެފައިވާ މި ދަނޑިވަޅަކީ ދިވެހި ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައިވާ ވަގުތެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާ ތަރައްޤީ ކުރުމުގެ ނަމުގައި މި ކުންފުނިން ރާއްޖެއަށް ވަންނަން މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
އީގަލްސް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި ލަގްޒަރީ ރިއަލް އެސްޓޭޓް ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުންފުންޏާއި، އިސްރާއީލުގެ ޒަޔަނިސްޓު ޔަހޫދީ ވިޔަފާރިވެރިންނާ ދެމެދު އޮންނަ ގާތް ގުޅުމެވެ. ބައިނަލްއަޤްވާމީ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، މި ކުންފުނީގެ އެކި މަޝްރޫޢުތަކުގައި ޔަހޫދީ މަހުޖަނުންގެ ބޮޑެތި ހިއްސާތަކާއި ޝައުޤުވެރިކަން އެކުލެވިގެންވެއެވެ. މިއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް ބަލާއިރު އިންތިހާއަށް ނުރައްކާތެރި ސިގްނަލެކެވެ.
މި އިންވެސްޓްމަންޓްތަކުގެ ފަހަތުގައި ފޮރުވިފައިވާ އަސްލު ސިއްރަކީ، ދިވެހިރާއްޖޭގެ ސްޓްރެޓީޖިކް ސަރަޙައްދުތަކާއި ޤުދުރަތީ ރީތި ރަށްތައް އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމެވެ. އަދި ހަމައެކަނި ފަތުރުވެރިކަމުގެ ބޭނުމަށްވުރެ ބޮޑަށް، މި ބިންތަކުގައި ދިގު މުއްދަތަކަށް ވަޒަންވެރިވާނެ ބޭރުގެ މުއްސަނދިންނާއި، ޚާއްޞަކޮށް ޔަހޫދީ ފިކުރުގެ ފަރާތްތަކަށް ޖާގަ ހޯދައިދިނުމަކީ މިފަދަ މަޝްރޫޢުތަކުގެ އެއް ލަނޑުދަނޑި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މިކަމުގެ ސަބަބުން ދިވެހިންގެ ދީނާއި، ސަގާފަތާއި، އިސްލާމީ ވަހުދަތަށް އޮތީ އިއާދަނުކުރެވޭ ވަރުގެ ބޮޑު ނުރައްކަލެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ ރައްކާތެރިކޮށްފައިވާ ދިވެހިންގެ މާތް އިސްލާމްދީނުގެ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތައް، މިފަދަ ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ފުނޑުފުނޑުވެގެން ދިއުމުގެ ބިރު ވަނީ ހީވެފައެވެ. އަދި ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިސްލާމީ އުޞޫލުތަކާ ޚިލާފު ސަގާފަތްތައް ޢާންމުވެ، ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއެރުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ، އަމިއްލަ ޤައުމުގައި ދިވެހިން ނިކަމެތިވެ، ބީރައްޓެހި ބަޔަކަށް ވެގެން ދިއުމެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ބިންތަކާއި ފަޅުތައް ބޭރުގެ މިފަދަ ފަރާތްތަކުގެ މިލްކިއްޔާތަކަށް ވެ، އެ ތަންތަނުގައި އެހެން ޤައުމުތަކުގެ މީހުންނާއި ޔަހޫދީން ވަޒަންވެރިވެއްޖެނަމަ، ދިވެހި ދަރިންގެ މުސްތަޤްބަލް ބަނަވެގެންދާނެއެވެ.
އެހެންކަމުން، އިޤްތިޞާދީ ކުރިއެރުމުގެ ނަމުގައި ދިވެހިރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ މިފަދަ ނުރައްކާތެރި ކުންފުނިތަކާއި އިންވެސްޓްމަންޓްތަކާމެދު ރައްޔިތުން ފާރަވެރިވެ، ޤައުމާއި ދީނުގެ ދިފާޢުގައި އަޑުއުފުލުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަޞްޠީނު ރައްޔިތުންގެ ކެކުޅުންތަކަށް އަލްޢައްބާރު ހަޖޫޖެހި އިންޓަރވިއުއެއް!
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
ރާމަﷲގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ބަޔަކު ޒަޚަމްވެއްޖެ
11 ގަޑިއިރު ކުރިން

އަލްއައްބާރު ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި ދުއާކުރި މައްސަލައެއް!
ދުވަހެއް ކުރިން

ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ
ދުވަހެއް ކުރިން


