logo
ރައީސް ސޯލިހު

ރައީސް ސޯލިހު

ބޮޑު ތަނުން ދެވަނަ ބުރު ކާމިޔާބު ކުރާނަން – ރައީސް

profile

އަހުމަދު ޒަލީފު - 17 ސެޕްޓެމްބަރު 2023 - 06:12

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނިކުންނަވަނީ އެޓޭކް މޯޑުގައި ކަމަށާއި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.

https://wamco.com.mv/

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހުއަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓް ވޯޓެވެ. އަދި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އެވެ.

ރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން އިވެންްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެންނެވީ މެޗަކަށް ކަމަށެވެ. އަދި ފުރަތަމަ ހާފް ނިމިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން ކަމަށެވެ.

ބައެއް ފަހަރު ފުރަތަމަ ހާފް ހަތަރު ލަނޑު އެއް ލަނޑުން ތިން ލަނޑު އެއް ލަނޑުން އެއް ބަޔަކު މޮޅުވޭ. އަނެއް ބަޔަކު ބަލިވޭ. އަޅުގަނޑުމެން މިއަދު މިތިބީ ތިނެއް އެކެއްގެ ތަފާތުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި ނުކުމެ ދެވަނަ ހާފްގައި ނުކުމެ އިތުރަށް ޖަހާ ފަސް ލަނޑު ޖަހާ ކާމިޔާބު ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހާފްއަށް ފަހު ކުޅުންތެރިންގެ ވައްޓަފާޅިއަށް ވެސް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަ ކުރެއްވިއްޔާ ގޯލު ދެން ޖަހާނީ، ގޯލަކަށް ފަހު ގޯލެއް." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަދި ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީ ނުކެރެވި ރަނގަޅަށް ވޯޓު ލުމުގެ ކަންކަން ކުރިއަށް ނުދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރީ ރަޖިސްޓްރީކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ރައީސް އިލްތިމާސް ކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319