
އިސްލާމީ މަރުކަޒު
" ޞުލްޙަވެރިކުރުވާ ނަފްރަތު ނެތިކޮށްލުމަށް ބޭނުންވާ އެއްގަލަކަށް އެރުމާއި އޯގާވެރިކަމާއި އެކަކު އަނެކަކަށް އަޅައިލުމުގެ ރޫޙު އިތުރުކުރާނެ ޙަކަތަ މުސްލިމުންގެ ކިބައިގައި އެބަހުރި" - ޚުޠުބާ

ޔޫޝައު ހަސަން - 23 ޑިސެމްބަރު 2022 - 09:33
އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ޚުޠުބާގައިވަނީ އިސްލާމީ ތާރީޚާއި މާތް ނަބިއްޔާގެ ސުންނަތުން އެއްބައިވަންތަކަން ނެގެހެއްޓުމަށްޓަކައި ކުރެއްވެވި މުހިއްމު ގިނަ ކަންކަމެއްގެ މައްޗަށް އަލި އަޅުއްވާފައެވެ.
މިގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ، އިސްލާމީ ވަޙްދަތުގެ ސަބަބުން ކަމުގައްޔާއި އިސްލާމީ ދަޢުލަތުގެ ސިންގާސަނާއަށް ދުނިޔޭގެ ޤައުމުތަކުން ބޯލަނބައި ކިޔަމަންގަތީވެސް މި އެއްބައިވަންތަކަމުގެ ސަބަބުންކަމުގައިކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އައުސް ވަންހައާއި، ޙަޒްރަޖް ވަންހައާއި ދެމެދުގައި އޮތް ދުވަސްވީ ހަތުރުވެރިކަމުގެ އަލިފާންގަނޑު ނިއްވަވާލައްވައި، އަލިފާނުގެ ވަޅުގަނޑެއްގެ ތުންފަތްމަތިން އިސްލާމީ އުއްމަތް ދުރަށްލައްވައި، ސަލާމަތްކުރެވެވިކަމާއި މިއަދުވެސް މުސްލިމުންނަށް މިކަން ނުކުރެވެންވީ ސަބަބެއް ނެތްކަންވެސް ފާހަގަކުރެއްވިއެވެ.
އަދި މިކަމަށް ބޭނުންވާ އެއްގަލަކަށް އެރުމާއި އޯގާވެރިކަމާއި އެކަކު އަނެކަކަށް އަޅައިލުމުގެ ރޫޙު އިތުރުކުރާނެ ޙަކަތަ މުސްލިމުންގެ ކިބައިގައި އެބަހުރިކަން މިއަދުގެ ޚުތުބާއިން ހަނދުމަކޮށްދެއްވިއެވެ.
ހަމަ އެއާއެކު ދަރީންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމަށާއި، އެ ދީން ގެނެސްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ވަޙްދަތު އެކުދީންނަށް ދަސްކޮށްދިނުމަށް މިއަދުގެ ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ތިމާގެ އަމިއްލަ ނަފްސުދެކެ ލޯބިވާ މިންވަރަށް ތިމާގެ އަޚާދެކެވެސް ލޯބިވުމަށް ދާންދެން މެނުވީ އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން ރަސޫލާގެ ޙަދީޘް ބަސްފުޅަކުންވަނީ ފާހަގަކުރައްވާފައެވެ.
ހަމަމީގެ އިތުރުން 2004 ވަނަ އަހަރުގެ ސުނާމީކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައްޔާއި، މާލެއިން ފެންކެނޑުމުގެ ހާދިސާއާއި ކޮވިޑުގެ ބިރުވެރި އަދި ދަތި ޙާލަތުގައި ދިވެހީން ކެތްތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް ހެޔޮފޯރުވުމުގައި ދައްކުވައިދިނީ ދީލަތިކަމުގެ ނަމޫނާއެއްކަން ފާހަގަ ކުރަވަމުން ޚުޠުބާގައި އިލްތިމާސްކޮށްފައިވަނީ އަހަރުމެންގެ މެދުގައި ވަޙްދަތު ޤާއިމް ކުރުމަށް ބޭނުންވާނަމަ އިސްލާމްދީނުގެ އަޙްލާޤުން އަހަރުމެން ޒީނަތްތެރިވާންޖެހޭނެ ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން