
ހުސްވި އަހަރު ޓްރެވަލް ރިސީޓްގެ ގޮތުގައި 5 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 07:11
ހުސްވި އަހަރު ޓްރެވަލް ރިސީޓްގެ ގޮތުގައި ރާއްޖެއަށް 5 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓްރެވެލް ރިސީޓްސްގެ ގޮތުގައި ރާއްޖެއަށް 5.4 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.
މިއަދަދަކީ 2024 އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 15.8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެދަދަކީ މިދިޔަ އަހަރު ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާ އެކު ވެސް ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެއާޕޯޓު ޓެކްސް އަދި ފަތުރުވެރިންގެ އަތުންނަގާ މުދަލާ ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)އަށް ބަދަލުތަކެއް ގެނައުމަށް އިއުލާނުކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނު ކަމަށެވެ.
2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހާސިލްކޮށްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ވަނީ ބުނެފައެވެ.
2025 ވަނަ އހަރު ފަތުރުވެރިކަމުގެ ދާއިރާ އިން ހޯދި ކާމިޔާބީ ތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 10 އިންސައްތަ އިތުރުވެ, ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި ބެޑް ކެޕޭސިޓީ އިތުރުވުމާއި, ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުން ހިމެނޭ ކަމަށް ވިޒިޓްމ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ލޯ ސީޒަން ދުވަސްވަރު ވެސް ރެކޯޑު މިންވަރަކަށް ފަތުރުވެރިކަން ރަނގަޅު ކަމަށާއި, މަހުން މަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ގޮސްފައިވާ ކަމަށާއި, ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރެވުނު އެކި މަސައްކަތްތަކާއި, ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވިފައިވާ ކާމިޔާބު ހަރަކާތްތައް ވެސް މިކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބަންދުކޮށްފައި އޮތް ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު 22 އިންސައްތައަށް އިތުރުވެ, ރަޝިޔާއިން ފަތުރުވެރިކަމުގެ މާކެޓުގެ 20 އިންސައްތަ ހިއްސާ ހޯދާފައިވާކަންވެސް ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރި އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރުއޫތަކާއި, މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސީތައް އަދި ބައިނަލްއަގުވާމީ ފެންވަރިގެ ރިސޯޓުތައް ހުޅުވިގެންދިއުމާ އެކު, ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
40 މިނިޓު ކުރިން

ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ހަނިމާދޫ އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހަދަންޖެހޭ: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން

ގުޅީގައި 2000 ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި
ގަޑިއިރެއް ކުރިން


