
ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 12:57
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ޤަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭ ފަޅުގައި އޮަޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށްފައިވާ އިރު ސަފާރީ އިން 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިނާއި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ރަސެލް މިއާއާއި، ސްރީލަންކާގެ އުމުރުން 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި، ސްރީލަންކާގެ އުމުރުން 35 އަހަރުގެ ތަރަކަ ސަމަން ކުމާރަ ދޭވަ، އަދި ހ. ބިންމަތީއާގެ / މާލެ، އުމުރުން 52 އަހަރުގެ މުޙައްމަދު މަނިކުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝޭކަރު ހޮސައިނާއި، ރަސެލް މިއާ ފަސް ދުވަހަށް، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރައާއި، ތަރަކާ ސަމަން ކުމާރަ ދޭވަ ހަތް ދުވަހަށް އަދި މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދަށް!
2 ގަޑިއިރު ކުރިން

އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލައިފި
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ހަނިމާދޫ އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހަދަންޖެހޭ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން


