
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 13:06
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (35 ގުރާމް) އަދި ފަސްދޮޅަސް ނުވަ ހާހަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ސ. ފޭދޫ / ޖޭޑް، މުޙައްމަދު ޖާޢިފު ޢަބްދުﷲ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދަށް!
2 ގަޑިއިރު ކުރިން

އާޚިރަތް ދުވަހުގެ އިމްތިޙާނަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލައިފި
2 ގަޑިއިރު ކުރިން

ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ހަނިމާދޫ އެއަރޕޯޓް ސަރަހައްދީ އެއަރލައިން ހަބަކަށް ހަދަންޖެހޭ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން


