
ގުޅީގައި 2000 ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 12:57
ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ރިޔާސީ މަޝްރޫޢުގެ ދަށުން، ކ. ގުޅީގެ އަލަށް ހިއްކި ސަރަހައްދު ފެހިކުރުމަށްޓަކައި 2,000 ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފްޓޫރިޒަމް އެންޑް އެންވަޔަރަމަންޓް، ގުޅީ ކައުންސިލް، ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނަޢީމް އަދި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެެވެ.
މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނަޢީމާއި ރަށު ކައުންސިލްގެ އިސްވެރިން ވަނީ ގަސް އިންދަވައިދެއްވާފައެވެ.
މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ އަަމަލީ ގޮތުން ބައިވެރިވެފައެވެ.
ކައުންސިލުން ބުނީ ގަސް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.






