logo

ކަނޑުމަތީގެ ސަލާމަތާއި ބެހޭ ޕްރޮގްރާމެއް ފުލުހުން ކުރިއަށްގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2025 - 11:45

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މެރިން ޕޮލިހާއި ޅ. އަތޮޅު ފުލުހުން ގުޅިގެން ޅ. އަތޮޅުގެ ރަށްރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި މަހުގެ 10 އިން 11އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޅ ނައިފަރު، ޅ ހިންނަވަރު، ޅ އޮޅުވެލިފުށި އަދި ޅ ކުރެންދޫގައެވެ.

މި ޕްރޮގްރާމްގައި އޮޑިވެރިންނާއި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކާއި މަސްވެރިންގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭ ގޮތަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމްގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި ލައިފް ޖެކެޓު އެޅުުމުގެ ބޭނުންތެރިކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުންނަށް ވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ކަނޑުމަތީގައި ހިނގާ އެކްސިޑެންޓް ސީންތަކަށް އެޓެންޑުވުމަށް އަމަލުކުރަންވީ ގޮތާއި ތަހުގީގު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން ހަނދާންކޮށްދީ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay