.webp&w=3840&q=75)
އިސްރާއީލުގެ ހަމަލާތަކުގައި ޚާން ޔޫނިސްގެ 85 ޕަސެންޓް ވަނީ ސުންނާފަތިވެފައި: މޭޔަރ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 އޮކްޓޯބަރު 2025 - 11:20
އިސްރާއީލުގެ ހަމަލާތަކުގައި ޚާން ޔޫނިސްގެ 85 ޕަސެންޓް ވަނީ ސުންނާފަތިވެފައި ކަމަށް މޭޔަރ ވިދާޅުވެއްޖެއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ހުސް ކުރުމަށް އެ ރަށުގެ ރައްޔިތުންނާއި އެތަކެއް ސަތޭކަ ހާސް ރެފިއުޖީންނަށް އެންގުމަށް ފަހު ޔަހޫދީ ފައުޖުން އެ ރަށަށް ރަޙުމު ކުޑަ ހަމަލާތަކެއް ދޭން ފެށީ ޖުލައި 22، 2024ގައެވެ.
މީހުން އަލުން އާބާދުވުމަށް ގެދޮރު އިމާރާތްކުރުމަށް 400,000 ޓަނުގެ ގައުކުނޑި އެތަނުން ހުސްކުރަންޖެހޭ ކަމަށާއި 300 ކިލޯމީޓަރުގެ ފެނާއިނަރުދަމާގެ ނިޒާމު ހަލާކުވެފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
ޣައްޒާގެ އުތުރުން އިސްރާއީލުގެ ސިފައިން ފައިބާތީ، އުތުރު ޣައްޒާގެ ރައްޔިތުން އެނބުރި ވަޒަނަށް ދާން ވަނީ ފަށައިފައެވެ.
އިސްރާއީލުގެ ޓެރަރިސްޓުން އުތުރު ޣައްޒާއަށް އަރައި އުދުވާންތައް ހިންގާތީ އެތައްހާސް ފަލަސްތީނުގެ ރައްޔިތުންނެއް ވަނީ މަޖުބޫރީ ހާލަތުގައި އެ މީހުން ވަޒަންދޫކޮށް ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ގޮސްފައެވެ.
ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ އުދުވާންތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އަދި އިސްރާއީލުން ހަމަލާތައް ނުދޭހާ ހިނދަކު އިތުރު ހަމަލާއެއް ނުދިނުމަށް ފަލަސްޠީންގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތުންވެސް އެއްބަސްވެފައިވެއެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ޖަރީމާރައް ހުއްޓާލަން އިސްރާއީލުން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށްފަހުއެވެ. ސުލްޙައިގެ އެއްބަސްވުމާއެކު، މެދުއިރުމަތީގެ މަސްރަޙުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ހަރުކަށި ޔަހޫދީ އިސްރާއީލުން އަދި ޙަމާސުން ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައި ވަނީ، މިޞްރުގެ ޝަރްމް އަލް-ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައެވެ. މިއީ، އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.
ޙަމާސާއި އިސްރާއީލާ ދެމެދު ސުލްޙަ ގާއިމުކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް ކަރުދާހެއް ހުށަހަޅުއްވާފައެވެ.
ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް ސުވާލު އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ނުހޯދިއްޖެ ނަމަ، ސުލްޙަވުމުގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ފުރުޞަތު އެބަ އޮތެވެ.
ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވިފައިވާ ކަން ޙަމާސުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޖަމާޢަތުން ބުނީ، އެއްބަސްވުމާ އެކު ޣައްޒާގެ ބިންތަކުން އިސްރާއީލުގެ ޓެރަރިސްޓުން ފައިބާނެ ކަމުގައެވެ. އަދި، އިސްރާއީލުގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރެވިގެންދާނެ ކަމުގައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި އިސްރާއީލުން ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމުރުން ދުވަސްވެފައިވާ އުމޫރުންނެވެ. ކުޑަކުދިންގެ އަދަދު އެކަނިވެސް 15,000އަށް އަރާނެ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން