
ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވާ: ރައީސް

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:48
މި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ޤައުމުގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ ހުރިހާ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ހުރިހާ ކަމެއް މަރުކަޒީކޮށް ސަރުކާރުން ނިންމުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ސިޔާސަތެއް ނޫންކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އެމަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގެ ތަރައްޤީގެ މަސައްކަތްތައް އެ ނިޒާމުގެ ތެރެއިން ހިންގުމަކީ ރައްޔިތުންނަށް އޭގެ އެންމެ ބޮޑު މަންފާއެއް ލިބިގެންދާނެ ގޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކޮންގްރެސް ޕާޓީގެ މަންދޫބުން ކައުންސިލްތަކަށް އިންތިޚާބުކޮށްދެއްވައިފި ނަމަ، އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ވަރަށް ފޮނިކޮށް ފެނިގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)