logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ޕްރިފަރަންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާތައް ދަނީ ކުރެވެމުން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 15:08

އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވުމާބެހޭ ޕްރިފަރަންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަސްކަމުގައި ކަނޑައެޅުއްވުމާ ގުޅޭ އިސްލާހާއި ބެހޭ ބިލުގެ މަސައްކަތްތައްވެސް، ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ނިޒާމަށް ގެންނަންޖެހޭ އިސްލާޙުތަކުގައި ހިމެނިގެން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިސްލާހުތައްވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވާ ގޮތަށް އޮތް އޮތުން އިޞްލާޙުކުރެއްވުމަށް ހުށަހެޅުއްވުމަށް ނިންމަވައި، އެ އިޞްލާޙާއެކު، މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައަޅައި ވަކި އިންސައްތައެއް އެއީ އަންހެނުންކަމުގައި ކަނޑައެޅުމަށް ހުށައެޅުއްވުމާމެދު ދިރާސާކުރައްވަމުންގެންދަވާކަމުގައި ރައީސް ވިދާޅުވިއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނަމަ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިހާބަކީ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނެ ޙާލަތެއް މެދުވެރިވެދާނެ އިންތިހާބެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ސަރުކާރުން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމާއި ބެހޭ އާއްމު ވޯޓް ނެގުމަށް ނިންމާފައެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ އެހުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk