logo

ބޭނުންކުރެވޭ ރިޒާވްގައި ހުރީ 43 މިލިއަން ޑޮލަރު

profile

އާމިނަތު ޝަފާ - 31 އޯގަސްޓު 2024 - 18:35

އެމްއެމްއޭ

އެމްއެމްއޭ

މި އަހަރުގެ ޖުލައިމަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 43.6 މިލިއަން ޑޮލަރުކަމަށް މަރުކަޒީ ބޭންކް- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 395.4 މިލިއަން ޑޮލަރެވެ.

މި އަދަދަކީ ޖޫން މަހު ހުރި އަދަދަށްވުރެ މަދު އަދަދެއް ކަމަށްވާއިރު ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޖުލައި މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 43.6 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިންވަނި ލަފާކޮށްފައެވެ.

އެމްއެމްއޭއިން މިފަދައިން ބުނީ މިމަހުގެ ތެރޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެދާނެކަމުގެ އިންޒާރު އެމްއެމްއޭއިން ދީފައިވަނިކޮށް ބޭނުންކުރެވޭ ޑޮލަރު ރިޒާވް މިހާރު ހުސްވެފައިވާ ކަމަށްބުނެ މިމަހުގެ 21 ވަނަ ދުވަހު ފެތުރުނު ވާހަކަތަކާ ގުޅިގެންނެވެ.

ބޭނުން ކުރެވޭ ޑޮލަރު ރިޒާވަކީ ލޯނުތައް އަދާކުރުމަށާއި ޒަރޫރީ އިމްޕޯޓުތަކަށް ހަރަދުކުރަން ސަރުކާރުން ރައްކާކުރާ ފައިސާގެ މިންވަރެވެ. މި ފައިސާގެ ތެރޭގައި ހިމެނެނީ މީރާއަށް ލިބޭ ޑޮލަރު އާމްދަނީ އާއި ދައުލަތަށް ލިބޭ ހިލޭ އެހީ އާއި ބަޖެޓު ސަޕޯޓަށް ލިބޭ ފައިސާއެވެ.

tel:+9607331319