logo

ބޭނުންކުރެވޭ ރިޒާވް ރަނގަޅުވާން ފަށައިފި، މިދިޔަ މަހު 40 އިންސައްތަ މައްޗަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 08 ސެޕްޓެމްބަރު 2024 - 15:41

މަރުކަޒީ ބޭންކް ، އެމްއެމްއޭ

މަރުކަޒީ ބޭންކް ، އެމްއެމްއޭ

މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވާން ފަށައިފިކަން މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ތެލާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށް ބޭނުންކުރާ ޔޫޒަބަލް ރިޒާވްގައި މިދިޔަ ޖުލައި މަހު ހުރީ 43.6 މިލިއަން ޑޮލަރެވެ. އޭގެ އަނެއް މަހު އެ އަދަދު ވަނީ 17.6 މިލިއަނުން އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ހުސްވި އޮގަސްޓް މަހު، ރިޒާވްގައި ޖުމްލަ 61.2 މިލިއަން އެބަހުއްޓެވެ. އެއީ ޖުލައި މަހާ އަޅާބަލާއިރު 40.3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރުމަށްޓަކައި މަހެއްގެ މައްޗަށް 70 މިލިއަނެއްހާ ޑޮލަރު ބޭނުން ވެއެވެ. އެހެންކަމުން މިހާރު ޔޫޒަބަލްސް ރިޒާވްގައި އެ ހުރީ ތިން ހަފްތާއަށް އަސާސީ ތަކެތި އެތެރެކުރެވޭ މިންވަރަށެވެ.

ބޭނުން ކުރެވޭ ރިޒާވް މައްޗަށް ޖެހިލި މައިގަނޑު ސަބަބަކީ ޖުމްލަ ރިޒާވް މައްޗަށް ޖެހިލުމެވެ. އެގޮތުން މިދިޔަ ޖުލައި މަހު ޖުމްލަ ރިޒާވް 395.43 މިލިއަން ޑޮލަރުގައި ހުރިއިރު ނިމިދިޔަ އޮގަސްޓްގައި ޖުމްލަ ރިޒާވްގައި ހުރީ 443.88 މިލިއަން ޑޮލަރުގައެވެ. އެއީ ޖުލައި މަހާ އަޅާބަލާޢިރު 48.45 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

tel:+9607331319