logo

އިންވެސްޓާސް ރެސިޑެންސީ ވިސާ: އިގްތިސާދު ސިންދަފާތުކުރުމަށް ހުޅުވޭ ދޮރެއް

profile

އާމިނަތު ޝަފާ - 05 ސެޕްޓެމްބަރު 2024 - 15:37

އިންވެސްޓާސް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އިންވެސްޓާސް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ސަރުކާރު ވެރިކަމާ ހަވާލުވީއިރު އަޑިއަޅާލާފައި އޮތް އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިންވެސްޓާސް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް ކުރާ މަސައްކަތްތަކެވެ.


އިންވެސްޓާސް ރެސިޑެންސީ ވިސާއަކީ ކޮބާ؟


އިންވެސްޓާ ރެސިޑެންސީ ވިސާއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ދޭ ވިސާއެކެވެ. ރެޒިޑެންސީ ވިސާއަކީ އެ ގައުމެއްގައި ވަޒަންވެރިވެގެން އުޅުމަށް ދޫކުރާ ދިގު މުއްދަތުގެ ވިސާއެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު އެކުވެރި އަރަބި އިމާރާތުގައި ދެ މިލިއަން ދިރުހަމާ އެއްވަރުގެ އަދަދެއް 6 މަސްދުވަހުގެ މުއްދަތަކަށް އިންވެސްޓުކުރުމުން 10 އަހަރު ދުވަހުގެ ރެޒިޑެންސީ ވިސާ ލިބެއެވެ. އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމްތައް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ހިންގަމުން އަންނައިރު އޭގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި ރާއްޖެ ހިމެނޭ އޭޝިޔާ ބައްރުގެ ގައުމުތައްވެސް ހިމެނެއެވެ.


ރާއްޖޭގައި އިންވެސްޓާސް ރެސިޑެންސީ ވިސާ އޮތީ ކިހިނެތް؟


ރާއްޖޭގައި މިހާރު ދޫކުރަމުން އަންނަ ކޯޕަރޭޓް ރެސިޑެންސް ވިސާއަކީ 2013 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ ވިސާއެކެވެ. 2020ގައި އެ ވިސާއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

"އިންވެސްޓަރ ރެސިޑަންސީ" ޕްރޮގްރާމެއް ތަޢާރުފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ޙަރަކާތެއްގެ ގޮތުގައި ޕަރލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށްވަނީ ހަމަޖައްސަވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ އެންމެހައި ކަންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.


އިގްތިސާދީ ވަޒީރު ވިދާޅުވަނީ ކީކޭ؟


ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. މި ބައްދަލުކުރެއްވުމުގައި އިގްތިސާދީ ވަޒީރުވަނީ މި ނިންމެވުމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

"މިއީ މެނިފެސްޓޯގެ އެއް އަމާޒު. ރާއްޖެ އެއްކަމަކަށް ޑިޕެންޑުވުމުގެ ބަދަލުގައި ޑައިވަރސިފައިކޮށް ފޮރިން ކަރަންސީ ލިބޭނެ ގޮތްތައް ފަހިކުރުމަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެއް.މިއީ ވަރަށް ބޮޑު މަސައްކަތެއް. ދުނިޔޭގެ ކުރިއަރާފައިވާ ކުންފުނިތަކާއެކު މަސައްކަތްދަނީ ކުރިއަށް"

އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމު އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމުގެ ދަށުން މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓުކުރުމަށް ނިންމައި ސަރުކާރުން ކަނޑައަޅާ ސަރަޙައްދުތަކުގައި ރެޒިޑެންސީ ތަރައްޤީކުރެވޭނެ ކަމަށާއި، މިހާރުވެސް ބައެއް ރިސޯޓުތަކުގައި މިފަދަ އުސޫލުން ތަންތަން ދޫކުރެވޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.


ސަރުކާރުގެ ތަސައްވުރު:

ކުރިއަރާފައިވާ ޤައުމުތަކުގައި ރެއަލް އެސްޓޭޓް ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފަންނީ ލަފައާއެކު "އިންވެސްޓަރ ވިސާ" އިޤްތިޞާދީ ހަރަކާތެއްގެ ގޮތުގައި ތަޢާރަފުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އަމާޒެއްކަމަށް ވަޒީރު ސަރުކާރުން ދެކެއެވެ.ރާއްޖޭގައި އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމް ހިންގަން ފެށުމުން އެންމެ ފުރަތަމަ މަރުހަލާގައިވެސް ދެހާހާއި ގާތްކުރާ ޢަދަދަކަށް އިންވެސްޓަރ ރެސިޑެންސް ވިސާ ހޯދުމަށް ހުށައަޅާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރު މީގެކުރިންވަނީ ވިދާޅުވެފައެވެ. އަދި އެ ޢަދަދު ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތަރު ހާހަށް އަރާނެކަމަށާއި، މިއާއެކު 6 ބިލިޔަން ޑޮލަރާހަމައަށް އިންވެސްޓްމަންޓް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަޒީރުންނާއި ސަރުކާރުންވަނީ މައުލޫމާތުދީފައެވެ. އަޑިއަޅާލާފައިވާ އިގްތިސާދަށް މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ދެކެއެވެ.


tel:+9607331319