logo

މަސްވެރިންނަށް 46 މިލިއަން ރުފިޔާ މިއަދު ދޫކުރަނީ

profile

އަހުމަދު ޒަލީފު - 13 ޖޫން 2024 - 17:02

ފިޝަރީޒް މިނިސްޓަރ ޝިޔާމް

ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެތެރެއިން މިއަދުގެ ނިޔަލަށް 46 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މަސްވެރިންނަށް 80 މިލިއަން ނުދެވި އެބަހުރިކަމަށެވެ. މީގެތެރެއިން 46 މިލިއަން ރުފިޔާ މިއަދުގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި، ބާކީ ހުރިހާ ފައިސާއެއްވެސް ވީހާވެސް އަވަހަށް ސަރުކާރާއި ގުޅިގެން ދައްކާ ޚަލާސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މަސްވެރިންނަށް ގަވާއިދުން ފައިސާ ނުދެވުމުގެ ގޮންޖެހުމާއެކުވެސް މަސްވެރިން އަތުން މަސް ގަންނަމުން ދިޔުމުގެ ސަބަބުން، ނުދެވި ހުރި ފައިސާގެ އަދަދުތައް ދަނީ އިތުރުވަމުންކަން މިފްކޯއިން ފާހަގަކުރެއެވެ.

މިވަގުތު އެ ކުންފުނިން 20 ރުފިޔާގެ ރޭޓުގައި މަސް ގަންނަނީ ސަރުކާރުގެ ސަބްސިޑީގެ އެހީތެރިކަމާއި އެކުގައިކަން މިފްކޯއިން ފާހަަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭ ސަރުކާރުގެ ސަބްސިޑީއާއި ނުލައި މިފްކޯ ހިންގުމެވެ.

17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ހުރީ އޭރު ހުއްޓެވެ.

ނަމަވެސް މިސަރުކާރުން ވެރިޔަކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާކުރުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ފެބްރުއަރީމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާރައް ކުރެއްވުމަށްފަހުއެވެ.

tel:+9607331319