
މިރޭ ބާއްވަމުންދާ އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން ---
އެމްޑީޕީގެ ހަރުގެ ނަޝީދު ބޭނުންކުރެއްވީ ހުއްދަ ނުހޯދާ ކަމަށް ފައްޔާޒު ވިދާޅުއްވެއްޖެ

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 17:05
އެމްޑީޕީގެ ހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް ރައީސް ނަޝީދު ބޭނުންކުރެއްވީ ހުއްދަ ނުހޯދާ ކަމަށް ފައްޔާޒު ވިދާޅުއްވެއްޖެއެވެ.
މިރޭ ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (ޢެމްޑީޕީ)ގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން ރިޔާސަތުން ޕާޓީގެ ޗެއަރޕާސަން ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕްރައިމަރީގެ ހަރަކާތްތަކުގެ ބޭނުމަށް ޕާޓީގެ ހަރުގެ ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާނީ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ ހަރުގޭގައި ހަރަކާތްތަކެއް ހުއްދަ ނުހޯދާ ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އެ އިޝާރާތްކުރެއްވީ، ރައީސް ނަޝީދުގެ ތާއީދު ފޯމު ފުރުމަށާއި، އަދި ކެމްޕޭން ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީގެ ހަރުގެ ބޭނުންކުރި މައްސަލައަށެވެ. އެހެން ނަމަވެސް، ފައްޔާޒުގެ ވާހަކައިގާ ރައީސް ނަޝީދުގެ ނަންފުޅެއް ވިދާޅެއް ނުވެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ސޯލިހް ވާދަކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ ޗާންދަނީ މަގުގައި 'ރައީސް ސޯލިހް 2023'ގެ ނަމުގައި ވަކިން ޖަގަހައެއް ހަދައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން