
1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 26 ޖޫން 2025 - 18:01
އަހަރުގެ މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 133،538 އަށް އަރާފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1074703 ފަތުރުވެރިން އައި އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 98،5348 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ.
ރަޝިޔާއިން މިހާތަނށް 122،300 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ތިން ވަނައިގައި އިނގިރޭސިވިލާތް އޮތީ 105،896 ފަތުރުވެރިނާއެކުގައެވެ.
ހަތަރު ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސަފައިވަނީ އިޓަލީވިލާތުންނެވެ.
އިޓަލީ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 85،650 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 856 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ގެނައުމެވެ. މިއަމާޒަށް ވާސިލްވުމަށް އެމްއެމްޕީއަރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން