އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް
އައިޝަތު އިނާޝާ - 27 ޖެނުއަރީ 2025 - 18:50
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގުޅިގެން އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
އެކަމަށްޓަކައި، މިއަދު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ އައިޝަތު ޝިހާމް އަދި މިނިސްޓަރ އަބްދުﷲ ރާފިއު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ބައެއް ކަންކަމުގެ ތެރޭގައި، އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުން، ކަސްރަތާއި އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުން، ރަށްރަށުގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
މި ބައްދަލުވުމަކީ ދެ މިނިސްޓްރީއިން އެއް އަމާޒަކަށް މަސައްކަތްކުރާއިރު، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަށަވަރުކޮށްދީ، ދެ މިނިސްޓަރުންގެ މެދުގައި ބިނާކުރަނިވި ހިޔާލުތަކެއް ބަދަލުކުރެވުނު ބައްދަލުވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން