logo
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ވަޢުދު ފުއްދުން ނޫން ކަމެއް ނުކުރަން، އިންޑިޔާ ސިފައިން ބޭލޭނެ - ރައީސް

profile

އަހުމަދު ޒަލީފު - 06 ޖެނުއަރީ 2024 - 07:08

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަށް ދޫދިނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށްޓަކާ ފެށި މަސައްކަތް އެއްވާނެއްގައި ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ.

"މިތަނުގައި ތިބި ބޭރުގެ ސިފައިން ބޭލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް ފުރަތަމަ ދުވަހު ފެށި ގޮތަށް އެއްވާނެއްގައި މި ދަނީ ކުރިއަށް. އެންމެ ތަންކޮޅެއް ވެސް ދޫކޮށް ނުލާ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ނޫސްތަކުގައި އެކި ފާޑުގެ "ހެޑްލައިންތައް" ލިޔަނީ އެހެންވެ ކަމަށާއި އެހެން ނޫންނަމަ އެފަދަ އެއްޗެހި ލިޔަންވީ ސަބަބެއް ނެތް ކަމަށެވެ. ވައުދު ފުއްދުން ނޫން ކަމެއް ސަރުކާރުގައި ނެތް ކަމަށާއި މާލޭގެ ރައްޔިތުން ކުރަންވީ ކަމަކީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ސަރުކާރަށް ފަސޭހަކަމާއެކު ކަންކަން ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 88 އަށް ދަށްކޮށްފަ އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގައި ކުރިއެރުންތަކެއް ލިބުނަސް ސިފައިން ފޮނުވާލުމަކީ އުނދަގޫ ކަމެއް ކަމަށް އަބަދުވެސް ދެކޭ ކަމަށް ސަރުކާރުން ބުނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk