logo
ރައީސް މަޢުމޫނާއި ނަޝީދު

ރައީސް މަޢުމޫނާއި ނަޝީދު

ހުތުރު ލަޤަބުތަކުން ގޮވުމަކީ ﷲ ނަހީ ކުރައްވާފައިވާ ކަމެއް - މަޢުމޫން

profile

އަހުމަދު ޒަލީފު - 30 މޭ 2023 - 16:08

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށާއި އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިިހަށް "ޗޯރަށް" ގޮވުމުން ޗެނަލް 13 ސެންސަރުކުރަން މަސައްކަތްކުރަން ބްރޯޑްކޮމް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.

އީވާ ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް "ގޮޅާބޯ" ކިޔައިގެން ވެރިކަން ބަދަލުކުރި ބައެއް ކަމަށެވެ. ހަމަ އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ވެސް ހިތުހުރިހާ އެއްޗެއް ރައީސް ނަޝީދަށް ގޮވިއިރު އޭގެ ފަހުން "ބަޣާވާތަކާއެކު" ރައީސް މުހައްމަދު ވަހީދު ހަސަންމަނިކަށް ވެސް ލަވަތައް ހަދައިކި އިރު ރައީސް އަބްދުﷲ ޔާމީންއަށް ވެސް އިންތިހާއަށް އެއްޗެތި ގޮވި ކަމަށެވެ.

އީވާ ވިދާޅުވީ އެކަންކަމަކީ ސިޔާސީ އުކުޅުތައް ކަމަށާއި އެ ހުރިހާ ކަމަކީ އަޅުގަނޑުމެން އެންމެން އެއްބަސްވާ ކަންކަމަށް ވާން ނުޖެހޭ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ޗެނަލް 13 އަށް ބިރު ދައްކާ އިންޒާރުދި ހަދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިފަދަ ވާހަކައެއް ދެއްކެވުމުން ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay