logo

2000 އަށްވުރެ ގިނަ މައްސަލަ ދައުވާކުރަން ޕީޖީ އިން ކޯޓަށް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 10:18

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ދައުވާ ކުރުމަށް 2،000 އަށްވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މައްސަލަތައް ދިރާސާކުރުމަށްފަހު މިއަހަރުގެ މިހާތަނަށް ޝަރީއަތަށް ފޮނުވާފައިވަނީ ޖުމްލަ 2،231 މައްސަލައެކެވެ.

ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 451 މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް 2،372 މައްސަލައެއްގައި ކޯޓުތަކުން ހުކުމް އިއްވާފައިވެއެވެ.

ފުލުހުންނާއި އެހެނިހެން ތަހުގީގީ އިދާރާތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 1،653 މައްސަލައެއް ޕީޖީ އޮފީހުން ވަނީ ބަލައިގެންފައެވެ.

މީގެ އިތުރުން، އެކި މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އެދިގެން 4،970 މައްސަލައެއްގައި އެ އޮފީހުން ވަނީ ގާނޫނީ ލަފާ ފޯރުކޮށްދީފައެވެ.

https://wamco.com.mv/
tel:+9607331319