
ޝަމްއޫން އެޗްއާރުސީއެމްއަށް އައްޔަނުކުރަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 12:02
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ހ މީނާޒް، ޝަމްއޫން ހަމީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ މެންބަރެއްގެ ދައުރު އަންނަ އޮކްޓޯބަރު މަހު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުޠު ހަމަވި ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައެވެ.
އެއީ މިހާރުވެސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބު އާއި ޝަމްއޫން ހަމީދެވެ.
ސަމާއުގެ މެންބަރުކަމުގެ ދައުރު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހަށެވެ.
މަޤާމަށް ޢައްޔަންކުރެއްވުމަށް ފާސްކުރެއްވި ޝަމްއޫން ހަމީދަކީ މީގެ ކުރިންވެސް އެޗްއާރްސީއެމްގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަމްއޫން ވަނީ މީގެ ކުރިން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމް އަދާކުރައްވާފައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރި މަޖިލީހުގެ ކޮމިޓީން، ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ދެ ބޭފުޅުންނަކީވެސް މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްއޫން އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވިޒިޓް މޯލްޑިވްސް އަށް އައު އެމްޑީ އެއް އައްޔަނުކޮށްފި
ސިކުންތުކޮޅެއް ކުރިން

ގޯއްޗާއި ފްލެޓް އެޕްލިކޭޝަންގެ މައުލޫމާތު ރަނގަޅުކުރަން 21 ދުވަސް ދީފި
ސިކުންތުކޮޅެއް ކުރިން

އިސްލާހުތައް ގެންނަނީ މަޝްވަރާ ކުރެވިގެން، ފެކްޓް ބޭސްކޮށް: ރައީސް
2 ގަޑިއިރު ކުރިން

ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
15 ގަޑިއިރު ކުރިން


