logo

ޑިމާންޑް ބޮޑުވެ، އަންނަ އަހަރު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ޝެޑިއުލް ދަތުރުތައް ފަށަނީ

profile

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 11:42

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ، އަންނަ އަހަރުން ފެށިގެން އެ ޤައުމަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން އަންނަ އަހަރުން ފެށިގެން ކޮންމެ ހަފުތާއަކު ޝެޑިއުލް އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އޭ380 މަރުކާގެ މަތިންދާބޯޓުގައެވެ.

އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން މޯލްޑިވިއަނުން މީގެކުރިން ބުނެފައިވަނީ، މެލްބަންއަށް ދަތުރުތައް ފަށާފައިވަނީ މާކެޓް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ވުމަކީ މި ދަތުރުތައް ފެށުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ދަތުރުތައް ފެށިތާ 3 މަސްދުވަހަށްފަހު ލިބުނު ތަރުޙީބާއި ޑިމާންޑަށް ބެލުމަށްފަހު ޝެޑިއުލް ދަތުރުތަކަކަށް ބަދަލުކުރަން ނިންމިއިރު، މި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮސްޓްރޭލިއާއަކީ މިހާރު ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އެ ޤައުމުން 31،586 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319