logo

ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކުރުމާއެކު އެގައުމުން ރާއްޖެ ގެންނަ މުދާތަކަށް ބުރޫ އަރައިފި!

profile

ރިޟްވާން މޫސާ - 07 އޮކްޓޯބަރު 2026 - 15:22

ތައިލެންޑްގެ ވެރިރަށް ބެންކޮކުން 12 ކިލޯ އަށް ވުރެ ގިނަ ޑުރަގާއެކު ދެ ދިވެހިން ހައްޔަރު ކުރުމުން އެގައުމުން ރާއްޖެ އެތެރެކުރަމުންދާ މުދާތަކަށް ބުރޫއަރައިފި އެވެ.

https://wamco.com.mv/

ބެންކޮކުން ރާއްޖެ އަށް ޑުރަގު އެތެރެ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަކާއި ގުޅިގެން ތައިލެންޑުގެ ފުލުހުން ހިއްގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ވަނީ 12 ކިލޯއަށްވުރެ ގިނަ ޑުރަގާއެކު ދެ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.

ތައިލެންޑުގެ ފުލުހުން ހައްޔަރުކޮށްފައިވާ ދެ ދިވެހިންނަކީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އާއި 34 އަހަރުގެ މުހައްމަދު ވިސާމް އެވެ.

'އަސްލުޓީވީ" އަށް އެނިގައިވާ ގޮތުގައި ޑުރަގުގެ މި އޮޕަރޭޝަނާއެކު ތައިލެންޑު މަގުން ރާއްޖެ އެތެރެވާނެ ހުރިހައި ދޮރޯށިތަކެއްގައި ދަނީ އިތުރަށް ބަލައި މުދަލާއި އެހެނިހެން ތަކެތި ސްކޭންކޮށް އިތުރަށް ޗެކު ކުރަމުންނެވެ.

ތައިލެންޑަކީ ގިނަ އަދަދަކަށް ކޮންޓެއިނަރ މުދާ ރާއްޖެ އަށް އެތެރެކުރާ ރާއްޖޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއްބައިވެރިޔާކަން ފާހަގަކޮށްލެވެ އެވެ.

އެހެން ނަމަވެސް ތައިލެންޑުގެ ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލަ އާއި ގުޅިގެން މިވަގުތު އެގައުމުން ރާއްޖެ އެތެރެކުރާ ހުރިހައި ކޮންޓެއިނަރ މުދާ ވެސް އިތުރަށް ބަލައި ޗެކުކުރަމުންދާތީ މިވަގުތު ވަރަށް ގިނަ މުދާ ރާއްޖެ ނުގެނެވި ތާށިވެފައި ހުރިކަމަށް މައުލޫމާތު ލިބެ އެވެ.

ތައިލެންޑަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި އުމުރުދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅުމުގެ ފުރުސަތު އޮވެއެވެ.

https://wamco.com.mv/
tel:+9607331319