
ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ: އެޗްޑީސީ

ރިޟްވާން މޫސާ - 07 އޮކްޓޯބަރު 2026 - 14:28
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކޮށްފި އެވެ.
އެޗްޑީސީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑިޔާ އިން ގެނެސްދެމުން އަންނަ "އަހާށޭ ބުނާނަން" މި ފޯރަމުގައި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފްލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮވެއެވެ.
އަހާށޭ ބުނާނަން ފޯރަމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ހުރި 12،000އަށް ވުރެ ގިނަ ފުލެޓު ބަލަހައްޓާ ކަމަށެވެ. އަދި ވިދާޅުވީ ކުލީގެ ގޮތުގައި ފުލެޓުތަކުން ދައްކަވަންޖެހޭ ފައިސާގެ ތެރެއިން ދެބައިކޮށްފައި އެއްބައި ފުލެޓުތަކުގެ ކުލި ލިބެމުން ނުދާ ކަމަށެވެ.
ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށާއި ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެއާއެކު، އެ އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކުރުމާއެކު އެގައުމުން ރާއްޖެ ގެންނަ މުދާތަކަށް ބުރޫ އަރައިފި!
7 ގަޑިއިރު ކުރިން

12 ކިލޯގެ ޑުރަގާއެކު ބެންކޮކުން ހައްޔަރުކުރި ވިޝާމަކީ ރާއްޖެ އަށް 72 ކިލޯ ޑުރަގު އެތެރެކުރި މީހެއް!
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިސްރާއީލުން ޢައްޒާއާ ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި އެކަކު ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެ
ދުވަހެއް ކުރިން


