
ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 11:49
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު އަށް ހުޅުމާލޭގައި ޓޭކްއަވޭގެ ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކުރުވުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
އެޗްޑީސީ އާއި އެމްއެފްޑީއޭ ގުޅިގެން އިއްޔެ ހެނދުނު 10:00 އިން 12:00 އަށް ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ، ވިޔަފާރި އުޞޫލުން ޓޭކްއަވޭގެ ޚިދުމަތް ދިނުމުގެ ހުއްދަ އެޗްޑީސީން ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޢަމާޒުކޮށްގެން ބޭއްވި ސެޝަނެކެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވީ އެމްއެފްޑީއޭގެ ފަންނީ މުވައްޒަފުންނެވެ.
މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ގެޒެޓުކުރެވުނު ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު އަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.
މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުވައި، އެ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ.
އެމްއެފްޑީއޭގެ މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތި ބަންދުކުރުމުގައްޔާއި ލޭބަލްކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ: އެޗްޑީސީ
8 ގަޑިއިރު ކުރިން

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން


