logo

12 ކިލޯގެ ޑުރަގާއެކު ބެންކޮކުން ހައްޔަރުކުރި ވިޝާމަކީ ރާއްޖެ އަށް 72 ކިލޯ ޑުރަގު އެތެރެކުރި މީހެއް!

profile

ރިޟްވާން މޫސާ - 07 އޮކްޓޯބަރު 2026 - 14:28

ތައިލެންޑުގެ ވެރިރަށް ބެންކޮކުން 12 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ދެ ދިވެހީންގެ ތެރެއިން މުހައްމަދު ވިސާމަކީ ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ފުލުހުން މީގެ ކުރިން ކުރި މީހެއްކަން ހާމަވެއްޖެއެވެ.

https://wamco.com.mv/

ގިނަ އަދަދެއްގެ ކްރިސްޓަލް މެތު (އައިސް) އާއި ކެނަބިސް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ވަނީ ހައްޔަރުކޮށްފަ އެވެ.

ތައިލެންޑުގެ "ދަ ތައިގާ" ނޫހުގައި އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި 34 އަހަރުގެ މުހައްމަދު ވިސާމެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ޕްރަތޫނާމް ސަރަހައްދުގައި ހިންގާ ކާގޯ ޚިދުމަތްދޭ ތަނަކަށް ގެންދިޔަ ޕާރުސަލްތަކެއް ފުލުހުން ބަލައި ފާސްކުރުމަށްފަހުގައެވެ.

ބެންކޮކު ފުލުހުން ވަނީ، މިދިޔަ ހޯމަ ދުވަހު ފެށި ތަހުގީގެއްގައި، ސްޓެއިންލެސް ސްޓީލް އަށް ތައްޓާއި ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައި ފޮރުވާފައިވާ މަސްތުވާތަކެއްޗާއެކު ދެ ދިވެހީން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އާއި 34 އަހަރުގެ މުހައްމަދު ވިސާމް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވެއެވެ.

70 ކިލޯއަށްވުރެ ގިނަ ޑުރަގު ރާއްޖެ އެތެރެ ކުރުމުގައި ވިޝާމުގެ ބައިވެރިވުމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގަ އެވެ.

އޭރު ރާއްޖެ އަށް ޑުރަގު އެތެރެކޮށްފައިވަނީ "މަސް ޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގަ އެވެ. އޭރު ފުލުހުން ހައްޔަރުކުރި މީހުންނާއެކު ފުލުހުން ހިންގި ހާއްސަ ތަހުގީގަކުން ރާއްޖެއަށް ޑުރަގު އެތެރެކުރުމުގެ އެންމެ ބޮޑުންގެ ތެރޭގައި ވިޝާމް ހިމެނިފައިވެ އެވެ.

70 ކިލޯގެ ޑުރަގުގެ މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް އޭރު ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް ފަހުން ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި މައްސަލަ އަލުން ނަގާފަ އެވެ. އޭރު ވިޝާމްގެ އުމުރަކީ 28 އަހަރެވެ.

ތައިލެންޑަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި އުމުރުދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުގައި މި ދެ މީހުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319