
ސްކޭމްގެ ގޮތުގައި ހުސްވި މަހު 1.9 މިލިއަން ރުފިޔާ ވަނީ ގެއްލިފަ: ފުލުހުން

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 08:03
މަކަރާއި ހީލަތާއި އެހެނިހެން ގޮތް ގޮތުން ހުސްވި މަހު އާންމުންގެ އަތުން 1.9 މިލިއަން ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ސްކޭމްގެ ޖުމްލަ 179 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލަތަކުގައި ގެއްލުނު 1.9 މިލިއަން ރުފިޔާގެ ތެރެއިން، ފުލުހުން ކުރި މަސައްކަތުން 1.3 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީ ކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން އެ ބާވަތުގެ 72 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެއީ ޖުމްލަ 44 މައްސަލައެވެ.
މިފަދަ ޖަރީމާތައް ހިންގުމަށް އެކި މެސެޖިންގ އެޕްލިކޭޝަންތަކާއި، ފޭސްބުކް މާކެޓްޕްލޭސް، އައިބޭ، ފޯނު ކޯލް އަދި ފިޝިންގ ލިންކުތައް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، މިފަދަ ލަނޑުތަކުން ރައްކާތެރިވުމުގެ ގޮތުން، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ނުވަނުމަށާއި، ބޭންކު އެކައުންޓުގެ އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

12 ކިލޯގެ ޑުރަގާއެކު ބެންކޮކުން ހައްޔަރުކުރި ވިޝާމަކީ ރާއްޖެ އަށް 72 ކިލޯ ޑުރަގު އެތެރެކުރި މީހެއް!
9 ގަޑިއިރު ކުރިން

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
9 ގަޑިއިރު ކުރިން


