logo
ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ

ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ

ކުރީ ސަރުކާރުން މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ ހޭދަކުރި

profile

މުޙައްމަދު ފަޟްލޫން - 10 އޯގަސްޓު 2026 - 08:38

ކުރީގެ ސަރުކާރުން ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފަށައި، އެ މަސައްކަތްތަކާ ހަވާލުވި ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެގޮތަށް ދޫކޮށްފައިވާ ފައިސާ ގާނޫނީ އިމުގެ ތެރެއިން އަނބުރާ ހޯދުމަށާއި، ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެހެން ނިޒާމުތަކާއި އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319