
3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2025 - 10:55
ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާއްމު ކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުގައި ޖުމްލަ ހަތަރު ޓީ ބިލެއް ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 920 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ އޮކްޓޫބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 55 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
މީގެ އިތުރުން މި އަހަރުގެ ޑިސެމްބަރުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 60 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ޖޫން 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 2.8 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނެ އެވެ.
ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.
ޓީ ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.
ސަރުކާރުން މީގެ ކުރިންވެސް ޓީބިލު ވިއްކާފައިވެއެވެ. ޓީ ބިލު ވިއްކުމަކީ ކޮންމެ ސަރުކާރަކުން ކުރާ ކަމެއްކަން ފާޙަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން