
މިނިވަން ދުވަހާ ގުޅިގެން، ޖުލައި 28 ވާ ހޯމަ ދުވަސް ވެސް ބަންދު!

އައިޝަތު އިނާޝާ - 25 ޖޫން 2025 - 05:50
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ، ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހަމަޖައްސަވާފައެވެ.
މިއަހަރު އަޅުގަނޑުމެން ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ މިނިވަން ދުވަހެވެ.
ރާއްޖެ އިސްލާމްވުމުގެ ކުރީއްސުރެވެސް ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ އަމިއްލަ ވެރިކަމެއް ކުރަމުން އައި ރާއްޖެއެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލިފައި ވަނީ 3 ފަހަރު އެވެ.
މިނިވަންދުވަހަކީ ޤައުމަކަށް އަދި އެ ޤައުމެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެއްބޭނުމަކީ އަޅުގަނޑުމެންނަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބިގެންދިޔުމުން އެކަމަށްޓަކައި އުފާކޮށް ހަމަ އެހެންމެ ޝުކުރުވެރިވުމެވެ. އަދި ޤައުމަށް ޓަކައި އަގުހުރި ޤުރުބާނީތައް ވެވަޑައިގެންފައިވާ އަބްޠާލުންގެ ޒިކުރާ އާކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް މި ޤައުމު މިނިވަންކަންމަތީ ދަމަހައްޓަމުން ގެންދާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކަށް ތަޞައްވަރު ކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
4 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
4 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
20 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
20 ގަޑިއިރު ކުރިން


.gif&w=3840&q=75)