
ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:48
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 މާރިޗު 13 ވީ ހުކުރު ދުވަހުގެ ހަވީރު 16:41 އެހާކަންހާއިރުއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ.
ނަމަވެސް، އެއީ ކޮން ގައުމެއްގެ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އަލިފާނުގެ ހާދިސާތައް ގިނަވުން، މިފަހަރުވެސް ރޯވީ ކެމިކަލް ގުދަނެއްގައި!
15 ގަޑިއިރު ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި
15 ގަޑިއިރު ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި
17 ގަޑިއިރު ކުރިން

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ: އިސްލާމިކް މިނިސްޓްރީ
18 ގަޑިއިރު ކުރިން


.gif&w=3840&q=75)